ސަރުކާރާ ހިޔާލު ތަފާތުވެގެން ވަކިކުރި ދެ ކޮމެޓީއަށް އަޒާން އަލުން އައްޔަން ކޮށްފި

ސަން

19 އޯގަސްޓު 2025 | އަންގާރަ | 10:11

ސަރުކާރާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރެއްވިތާ ފަސް މަސް ފަހުން، އަލުން އެ ދެ ކޮމިޓީއަށް އައްޔަނުކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން އިއުލާނުކުރައްވައިފައެވެ.

އެގޮތުން ޕީއެންސީގެ ފަރާތުން 241 ކޮމިޓީގައި އިންނެވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައާއި، އަދި މާލިއްޔަތު ކޮމެޓީގައި ޕީއެންސީގެ ފަރާތުން އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންގެ ބަދަލުގައި އެ ދެ ކޮމެޓީއަށް އަޒާން އައްޔަންކުރައްވާފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

މައުޟޫޢުތަށް