ދެ އަހަރަށް ބަހައިގެން ރަށްރަށުގައި ހޭންޑްބޯލް ކޯޓު އެޅުމުގެ ގައުމީ މަޝްރޫއެއް ހިންގަނީ

ސަން

19 އޯގަސްޓު 2025 | އަންގާރަ | 11:02

ކުރިއަށް އޮތް ދެ އަހަރަށް ބަހައިލައިގެން، ބޭނުންވާ ރަށްރަށުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ ގައުމީ މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިމަންދޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހޭންޑްބޯލް ކޯޓު އެޅުމަކީ އަންހެން ކަނބަލުން ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

އެެހެންވެ އަންނަ އަހަރަށް ބަޖެޓު ތައްޔާރުކުރާއިރު، ހޭންޑްބޯލް ކޯޓު ބޭނުންވާ ރަށްރަށުގައި، ހޭންޑްބޯލް ކޯޓު ތަރައްގީކުރަން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް