ވައްކަމުގެ ވާހަކަ މީޑިއާގައި ދައްކަންޖެހޭ، ދީނީ ކާޑު ބޭނުންކޮށްގެން ނުހުއްޓުވޭނެ: ޣަފޫރު

ސަން

19 އޯގަސްޓު 2025 | އަންގާރަ | 2:11

ސަރުކާރުގެ އިސްވެރިން ކުރާ ވައްކަންތަކުގެ ވާހަކަ މީޑިއާއިން ތިލަކޮށްދޭން ޖެހޭ ކަމަށާއި އެ ކަމަކީ ދީނީ ކާޑު ބޭނުންކޮށްގެން ހުއްޓުވޭނޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް, ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މި ބިލަކީ މީޑިއާގެ މިނިވަންކަން ގެއްލުވާލައި ނޫސްވެރިންގެ ހައްގުތައް ނިގުޅައިގަތުމަށް މި ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަަށެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ވައްކަމަށް އޮތް އަދަބުގެ ވާހަކަދެއްކުން މާ މުހިންމު ކަމަށެވެ. ސަރުކާރުން ކުރާ ވައްކަންތައް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ދިފާއުކުރަން އެއްވެސް މަސައްކަތެއް ނުކުރުމަށް ގޮވާލައްވައި އަބްދުލްޣަފޫރު ވިދާޅުވީ، ދިވެހިރާއްޖެ މިއަދު މި ދެމިއޮތީ ނޫސްތަކާއި ސޯޝަލް މީޑިއާގެ ސަބަބުންނެވެ.

މައުޟޫޢުތަށް