''އަފްރާހް މަރުވީ ފަރުވާއަށްއެދި، ނުދީ އޮށްވައި, އައިއޯ ބުނީ ފޭކް ޖައްސައޭ''

ސަން

19 އޯގަސްޓު 2025 | އަންގާރަ | 4:35

މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރިތާ ދެ ދުވަސް ފަހުން, މިދިޔަ އާދިއްތަ ދުވަހު, ޖަލު ގޮޅީގައި މަރުވެފައި އޮށްވައި ފެނުނު, އަޙްމަދު އަފްރާހް, 48, އަށް ފަރުވާ ދިނުމަށް އެދުމުން ފުލުހުން އެކަން ނުކޮށްދިން ކަމަށް, އޭނާގެ އާއިލާއިން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، އަތޮޅުވެހީގެ ހަތް ނަމްބަރު ގޮޅީގައި ބަންދުގައި ހުރި އަފުރާހުގެ ހާލަތު ފަތިހު 05:50 ހާއިރު ބެލިއިރު، ހަރާކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންވެ، އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އޭނާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން ވަނީ ނިންމައިފައެވެ.

://./210049 އާއިލާއިން މައުލޫމާތު ދޭގޮތުގައި ގ. ޒާމިޔާގޭގައި ރަޖިސްޓްރީ އޮތް ނަމަވެސް އަފްރާހަކީ އދ. މާމިގިލީ, ހިތަށްފިނިވާގޭ މީހެކެވެ. އޭނާއަކީ ވިލާ ކުންފުނީގައި ޗީފް އިންޖީނިއަރެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. ކުރިން ގ. ޒާމިޔާގޭ މީހަކާ ކައިވެނި ކޮށްގެން އުޅުނު އަފްރާހް ފަހުން ކައިވެނި ކުރީ މާމިގިލީ މީހަކާއެވެ. އެ ދެ ކައިވެންޏަށް ވެސް ކުއްޖަކު ނުހުންނައިރު އޭނާ ދިރިއުޅެނީ މާމިގިލީގައެވެ. އަފްރާހް މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް މާލެ އަންނަނީ މާލޭގެ ވަޒީފާގައި އުޅޭ އަންހެނުންގެ ގާތަށެވެ. އަފްރާހުގެ އެއްބަނޑުއެއްބަފާ ކޮއްކޮ "ސަން"އަށް ބުނިގޮތުގައި މި ފަހުން މާލެ އައިސް އަފްރާހު ހުރީ މާލޭގައި ހުންނަ، ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއްގައިއެވެ. މިދިޔަ ހުކުރު ދުވަހު ވެސް އަފްރާހް އޭނާގެ އަންހެނުންނާ ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ވެސް އޭނާ ވަރަށް ބަލިވެ އުޅޭ ވާހަކަ ބުނި ކަމަށް ކޮއްކޮ ބުންޏެވެ. "މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހުއްޓާލީމަ ވެ ނޫންތޯ އުނދަގޫ ގޮތްތަކެއް. ބޭބެ ބުނީ ހުއްޓާލައިގެނޭ މިއުޅެނީ އެހެންވެ ވަރަށް އުނދަގޫވާތީ އުޅޭ ވާހަކަ އެ ދުވަހު ވެސް," އާއިލާއިން ބުންޏެވެ.

އަފްރާހުގެ ކޮއްކޮ ބުނިގޮތުގައި އަފްރާހް މަސްތުވާތަކެތި ބޭނުންކުރާތާ ގިނަ އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް އޭނާގެ އޮންނަ ކުށުގެ ރެކޯޑަކީ ހަމައެކަނި އެކަން ކަމަށާއި އެ ވަބާގައި ޖެހިފައިވާ އެހެން ބައެއް މީހުން ފަދައިން އޭނާއަކީ ވައްކަން ކުރުންފަދަ ރެކޯޑެއް އޮންނަ މީހެއް ނޫން ކަމަށް ވެސް ބުންޏެވެ. އަދި އޭނާއަކީ އިންޖީނިއަރިން ދާއިރާގައި އަބަދުވެސް މަސައްކަތް ކުރާ މީހެއް ކަމަށް ބުންޏެވެ.

މައުޟޫޢުތަށް