އަތޮޅު ކައުންސިލް އުވާލައި، ކުދި ރަށްތަކުގެ ކައުންސިލްގެ ސައިޒު ކުޑަކުރާނަން: ރައީސް

ސަން

19 އޯގަސްޓު 2025 | އަންގާރަ | 11:02

އަތޮޅު ކައުންސިލްތައް އުވާލައި، ކުދި ރަށްތަކުގެ ކައުންސިލް ސައިޒު ކުޑަކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގައި މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި، ވިދާޅުވީ، ލާމަރުކަޒީ ގާނޫނު މިހާރަށް ވުރެ ވަރުގަދަކުރަން މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި އިތުރު އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން އަންނަ ދައުރުގެ ތެރޭގައި އެމަނިކުފާނު ހަތަރު އިސްލާހެއް ހުށަހަޅުއްވާނެކަން މިރޭ ހާމަކުރެއްވިއެވެ. އެ އިސްލާހުތައް ހުށަހަޅުއްވަނީ، 'ފަށަލަތައް' ނެތި، ސީދާ ރައްޔިތުންނަށް ބާރުތައް ދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް