ރާއްޖެ އިޝްތިހާރުކުރަން މިފަހަރު ވަން ޕީސްގެ ސަންޖީ

ސަން

20 އޯގަސްޓު 2025 | ބުދަ | 1:56

ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑު މުގުރަލި ''ވަން ޕީސް'' ސީރީޒްގެ ލީޑް ކެރެކްޓާއެއް ކަމަށްވާ ސަންޖީގެ ރޯލުން ފެންނަ ޓެޒް ސްކައިލާ، ރާއްޖެ އިޝްތިހާރު ކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އެމްބެސެޑާއެއްގެ ހައިސިއްޔަތުން ސްކައިލާ، ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ގުދުރަތީ ރީތިކަމާއި މުއްސަނދި ސަގާފަތް އިޝްތިހާރުކޮށްދޭނެ ކަމަށެވެ. ޚާއްސަ ގޮތެއްގައި، ރާއްޖޭގައި އޮތް އެޑްވެންޗާ ފަތުރުވެރިކަމުގެ ފުރުސަތުތައް އޭނާ ދައްކުވައިދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ވިޒިޓް މޯލްޑިވްސްއިން ވަނީ، އިންސްޓަގްރާމްގައި 1.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވަރެޖުކޮށް 45،000 ލައިކްސްއާއި 300އަށް ވުރެ ގިނަ ކޮމެންޓް ލިބޭކަން ފާހަގަކޮށްފައެވެ. އޭނާ އެފަދަ މަގުބޫލުކަމެއް ހޯދައިފައިވުމުން، އޭނާގެ ޕޯސްޓްތަކުން ރާއްޖެއަށް ވެސް ޝައުގުވެރިވާ މީހުން އިތުރުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން އުއްމީދުކުރެއެވެ.

މައުޟޫޢުތަށް