މާލޭގައި ބާވެ، ތަޅައިލަންޖެހޭ އެތައް އިމާރާތެއް އެބަހުރި: އާޒިމް
ސަން
20 އޯގަސްޓު 2025 | ބުދަ | 9:34
މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދު ލައި، ތަޅައިލަން ޖެހޭ އެތައް އިމާރާތެއް މިހާރު ވެސް އެބަހުރި ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ޢާޒިމް ވިދާޅުވީ ބާވެފައިވާ ޢިމާރާތްތައް މަރާމާތުކޮށް ރަނގަޅުކުރުމަކީ ޢިމާރާތުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
ދާދި ފަހުން ސަލާހުއްދީން ބިލްޑިންގުގެ ބައެއް ވެއްޓި، މުދަލަށް ގެއްލުންތަކެއް ލިބުނު ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ކައުންސިލްގައި ބާ އިމާރާތްތައް ތަޅައި ސާފު ކުރުމުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް ނެތް ކަމަށެވެ.