އެއާޕޯޓު ހިންގާ ކުންފުންޏަށް މިފަހަރު ހަވާލުކުރީ ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން

ސަން

20 އޯގަސްޓު 2025 | ބުދަ | 10:24

ކުންފުނިތަކުގެ މެންޑޭޓަށް ބެލުމެއް ނެތި ސަރުކާރުން، ސަރުކާރު ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރާތީ ފާޑުކިޔުން އަމާޒުވަމުން އަންނަނިކޮށް އއ. ރަސްދޫގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް އަޅަން ސްޕޯޓްސް މިނިސްޓްރީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއެކު އަނެއްކާ ވެސް ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި ސްޕޯޓްސް މިނިސްޓަރު އިބްރާހިމް ރާފިއުއެވެ.

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މައުޟޫޢުތަށް