ތެލަސީމިއާ ކެރިއަރުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއް ފުރިހަމަކުރަން ލާޒިމުކުރާ އިސްލާހު އަނބުރާ މަޖިލީހަށް

ސަން

20 އޯގަސްޓު 2025 | ބުދަ | 11:35

ތެލަސީމިއާ ކެރިއަރުން ކައިވެނި ކުރުމުގެ ކުރިން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ލާޒިމުކުރަން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި، މިއަދު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިދިޔަ ޖޫން 23ގައި ހުށަހެޅި އެ އިސްލާހު މަޖިލީހުން ފާސްވީ، މި މަހު ހައެއްގައެވެ.

ރައީސް އޮފީހުން ބުނީ، މި ބިލު އަނބުރާ މަޖިލީހަށް ފޮނުވަން ރައީސް ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ތެލަސީމިއާ ކެރިއަރުންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިފައިވާތީ ކަމަށެވެ.

މައުޟޫޢުތަށް