އަބްދުއްރަހުމާންގެ މަރު: ސިހުރުގެ ތުހުމަތު, ހައްޔަރުކުރީ ހީވެސް ނުކުރާ ކަހަލަ ބައެއް
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 9:30
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ އޭނާއާ މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި ރަށުގައި ފެނިދެނިވެ ވާހަކަ ވެސް ދައްކާ ބައެއް ކަމަށް އަބްދުއްރަހްމާންގެ އާއިލާއިން މިއަދު ބުނެފިއެވެ.
ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލީ ޖުލައި 13 ވަނަ ދުވަހެވެ.
އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހައްޔަރުކުރި ތިން މީހުންގެ ވަނަވަރެއް އާއްމެއް ނުކުރެއެވެ.