'އައްޗިކޮށް އުޅޭ' ފަތުރުވެރިންގެ ޝަކުވާއާއެކު، ރައީސް އެދިވަޑައިގަތީ ލޯކަލް ޓޫރިޒަމްގައި އިސްލާމީ ހަމަތައް ގެންގުޅެން

ސަން

21 އޯގަސްޓު 2025 | ބުރާސްފަތި | 10:53

ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިންގާއިރު ފަތުރުވެރިން އުޅޭ ގޮތާ ގުޅޭ ގޮތުން ކުޑަކުދިންގެ ޝަކުވާ ލިބުމާ ގުޅިގެން، އެ ދާއިރާގައި އިސްލާމީ ހަމަތައް ގެންގުޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފިއެވެ.

އއ. އުކުޅަހުގައި ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އުޅޭގޮތާ ގުޅޭ މެސެޖެއް، ކުޑަކުދިންގެ ފަރާތުން އެ މަނިކުފާނަށް ލިބިވަޑައިގެން ކަމަށެވެ.

"ކޮއްކޮމެން ބޭނުން ބީޗަށް ދާން، އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް، ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" ކުރެހުމަކާ އެކު ކުޑަކުދިން ދިން މެސެޖުގައި ލިޔެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް