އުކުޅަހުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 11:52
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އއ. އުކުޅަހުގައި އާ ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
އއ. އުކުޅަހުގައި އޭޓީއެމްގެ ޚިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓު މިނިސްޓަރުންގެ އިތުރުން ބޭންކްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ވެސް، ބޭންކްގެ ޑިރެކްޓަރުންނާއި އިސްވެރިންގެ އިތުރުން ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.