މާރުކޭޓު އެއްބަސްވުމަށް އިތުރުވި 3 މިލިއަން ޑޮލަރުގެ ވާނުވާ ނޭނގުމަކީ އިދާރީ މައްސަލައެއް: ނަރީޝް
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 1:37
މާލޭ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިޔުމެއް ނެތި ދެވަނަ ފަހަރަށް ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމުން އޭރު މާލޭ ސިޓީ ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވި، އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެ ކަމަށް މިއަދު ރައްދުދެއްވައިފިއެވެ.
އާޒިމް އިއްޔެ ވިދާޅުވީ، މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި، އެ އެއްބަސްވުން ހަދާފައި އޮތީ ފުރަތަމަ އެއްބަސްވުމަށް ވުރެ ތިން މިލިއަން ޑޮލަރު ބޮޑުކޮށްނެވެ.
މަސް މާރުކޭޓު ހަދަން ދެވަނަ ބަޔަކަށް ހަވާލުކޮށްފައިވަނީ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް އިންތިޚާބުވި ފަހުންނެވެ. އޭރު އާޒިމް ވެސް އިންތިޚާބެއް ނުވެއެވެ. އެހެންވެ، މިކަން ހިނގާފައިވަނީ ޓްރާންސިޝަން މުއްދަތުގައެވެ. އޭރު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގައި ހުންނެވީ ނަރީޝެވެ.