މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔުން ހުއްޓުވަން އަދިވެސް ފިޔަވަޅު އަޅަނީ
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 2:00
މުޅި މާލެއާއި ހުޅުމާލެއިން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ ދެ މައްސަލައެއް ފާއިތުވި ތިން މަސް ތެރޭގައި ހިނގައިފައިވާއިރު، އެފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރަން މިހާރު ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ.
://./209689