އާރުޑީސީއިން ވަކިކުރިތާ 4 މަސް ފަހުން ޝާމީ އަނެއްކާ ވެސް ހުރި މަގާމަށް
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 4:18
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)ގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުގެ މެންްބަރުކަމުން މުޙައްމަދު ޝާމީ އާދަމް ވަކި ކުރިތާ ހަތަރު މަހެއްހާ ދުވަސް ފަހުން ހަމަ އެ މަގާމުތަކަށް އޭނާ އައްޔަނުކޮށްފިއެވެ.
މި ސަރުކާރު އައި ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ މަގާމަށް އައްޔަނުކުރި ޝާމީ އެ މަގާމުން ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް ވަކިކޮށްފައެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އާރްޑީސީގެ ޗެއާޕާސަންގެ މަގާމަށާއި ބޯޑު މެންބަރު ކަމަށް މިއަދު ޝާމީ އައްޔަން ކުރައްވާފައިވާ ކަމަށެވެ.