އެންމެ ގިނައިން ވިހެއީ 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 5:03
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ވިހައިފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ވަނީ، ރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ނެރެފައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ބުލެޓިންނަކީ ރާއްޖޭގައި ވިހައިމަރުވާ ތަފާސްހިސާބު އެ އަހަރެއްގެ ތެރޭގައި އާއްމުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެ ބުލެޓިން އެކުލަވާލާފައިވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ވިހައިމަރުވުމުގެ ތަފާސްހިސާބުގެ މައްޗަށެވެ.