ވަކީލުކަމުގެ ވަގު ހުއްދައެއް ހޯދައިގެން އުޅުނު މީހަކު ފަޅައި އަރައި، މައްސަލަ ޕޮލިހަށް
ސަން
21 އޯގަސްޓު 2025 | ބުރާސްފަތި | 7:27
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله އަރީފްގެ ސޮއި ފޯޖުކޮށްގެން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ބުނާ ލިއުމެއް ތައްޔާރުކުރި މައްސަލައެއް ބާ ކައުންސިލުން ފުލުހަށް ހުށަހަޅައިފިއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްޕީއެލްގައި މަސައްކަތްކުރާ ލ. ފޮނަދޫ، ހަވޭލި, ފާތިމަތު ތޫބާ އަބްދުالله އަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީ އެ ކައުންސިލުން ދޫކުރި ހުއްދައެއްތޯ ބެލުމަށް އެމްޕީއެލުން ހުށަހެޅުމާ ގުޅިގެން ބެލުމުން، ބާ ކައުންސިލުން ތޫބާއަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިތުރަށް ބާ ކައުންސިލުން ބެލިބެލުމުން، ތޫބާއަށް ދޫކުރި ކަމަށް ބުނާ ވަކީލުކަމުގެ ހުއްދައަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން 2020ވަނަ އަހަރު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައިގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށް ވަނީ އެނގިފައެވެ. އަދި އެ ލިއުމުގައިވާ ސޮޔަކީ އެ ތާރީޚުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް، އެ ކައުންސިލުން ބުންޏެވެ.