144 މިލިއަނަށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަނީ، މަޝްރޫއު ނިންމަން އަހަރަކާއި 3 މަސް
ސަން
22 އޯގަސްޓު 2025 | ހުކުރު | 11:16
ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 144.5 މިލިއަން ރުފިޔާއަށް އެއް އަހަރާއި ތިން މަހުގެ ތެރޭ ނިންމާ ގޮތަށެވެ.
މި މަސައްކަތް ފަށްޓަވައިދެއްވީ އެ ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ.