އަގެއް ނެތް ބައެކޭ ވިދާޅުވުމުން ޕީއެންސީ މެންބަރުން ޔާމީނަށް ހަނދާންކޮށްދިނީ ފާރުމަތިން 'އެއްލާލިކަން'
ސަން
22 އޯގަސްޓު 2025 | ހުކުރު | 12:02
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މަޖިލީސް ފާރުމަތިން ނެރެ އެއްލާލިކަން ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިއަދު އެ މަނިކުފާނަށް ހަނދާންކޮށްދީފިއެވެ.
ރޭ އާޓިފިޝަލް ބީޗުގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޕީއެންސީ މެންބަރުންގެ ނަފުސުގެ އިތުބާރާއި ކާރާމާތާއި ޝަރަފެއްް ނެތް ކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ ރައްޔިތުންނާއި އަމިއްލަ ނަފުސު ވެސް ވިއްކާލައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
އެ ވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ބައެއް މެންބަރުން ވަނީ ޔާމީނަށް ރައްދުދެއްވާފައެވެ.