އަދާލަތު ޕާޓީން އެންމެ އިސްކަންދިނީ ސިޔާސީ ގޮތުންނާއި ދިނީ ގޮތުން މީހުން ބިނާކުރަން: އިމްރާން
ސަން
22 އޯގަސްޓު 2025 | ހުކުރު | 1:20
އާދަލަތު ޕާޓީން އެންމެ އިސްކަން ދިނީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން މީހުން ބިނާކުރުމަށް ކަމަށް އެޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ގަލޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީގެ ފިކުރަކީ އަދުލުވެރިކަން ކަމަށެވެ.
އެގޮތުން، އެ ޕާޓީ އުފެދިގެން އައިއިރު އިސްވެރިންނަށް ތިއްބެވި ހުރިހާ ބޭފުޅުންނަކީ ދީނީ އިލްމުވެރިންނަށް ވުމުން ސިޔާސީ މަސައްކަތުގައި ގިނަ ގޮންޖެހުންތައް ތަހަންމަލު ކުރަން ޖެހުނު ކަމަށެވެ.