ރަސްމާލެއާއި ހުޅުމާލެ ފޭސް3 ހިއްކުން އަވަސްކުރަން ބޮޑު 3 ޑްރެޖަރެއް ބޭނުންކުރަނީ

ސަން

22 އޯގަސްޓު 2025 | ހުކުރު | 7:40

ރަސްމާލެއާއި ހުޅުމާލޭގެ ތިން ފިޔަވަހި ހިމެނޭހެން ހަތަރު ތަނެއްގެ ބިން ހިއްކުން އަވަސްކުރުމަށް ޓަކައި ތިން ޑްރެޖަރެއް ބޭނުންކުރަން ފަށާނެ ކަން އެޗްޑީސީން ހާމަކޮށްފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ، ރަސްމާލެއާއި ގުޅީފަޅާއި އުތުރުތިލަފަޅާއި ހުޅުމާލޭގެ ތިން ފިޔަވަހި ހިއްކުމަށް ޓަކައި އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުންކުރަން ފަށާނެ ކަމަށެވެ.

އަދި ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި، މިހާރު ދިމާވެފައިވާ ދަތިތަކާއި ދިމާވެދާނެ ދަތިތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ޓަކައި ކަމާގުޅުން ހުރި ފަރާތްތަކާ އެކު މަސައްކަތްކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މައުޟޫޢުތަށް