މާދަމާ ހެނދުނު ހެނދުނާ މާލެ، ހުޅުމާލެއިން ކަރަންޓު ކަނޑަނީ

ސަން

22 އޯގަސްޓު 2025 | ހުކުރު | 8:44

ކަރަންޓުގެ މަސައްކަތެއް ކުރުމަށް ޓަކައި މާދަމާ ހެނދުނު ހެނދުނާ މާލެ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިލާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކަނޑައިލާނީ މާދަމާ ހެނދުނު 06:00 އިން 10:00 އަށް ކަމަށެވެ. ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ، ހުޅުމާލޭ 50 މެގަވޮޓް އިންޖީނު އެ ވަގުތަށް ނިއްވައިލާތީ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ އިންޖީނު މާދަމާ ނިވާލަނީ މާލެ ސަރަހައްދުގައި ދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ކަރަންޓު ދިނުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރަން ކަމަށެވެ.

މައުޟޫޢުތަށް