ގާސިމް، ޔާމީނަށް: ޓެކްސްއިން 33 މިލިއަން ޑޮލަރު މައާފެއްނުކުރޭ
ސަން
22 އޯގަސްޓު 2025 | ހުކުރު | 10:20
ގދ. ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް ނަގަނީ، ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ދައުލަތަށް ދައްކަންޖެހިވަޑައިގަންނަވާ 33 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފްކުރާ ގޮތަށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވުމާއެކު، ގާސިމް މިރޭ އެ ކަން ދޮގުކުރައްވައިފިއެވެ.
ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މިއަދު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ "ނަގޫ ފިތިފައި" ކަމަށެވެ. އެހެންވެ ރައްޔިތުން ތަހައްމަލުކުރާ ހާލަތުގެ ވާހަަކަދައްކާނެ ލީޑަރުކު ނެތް ކަމަށް ވިދާޅުވިއެވެ.
އެއަށްފަހު ގާސިމްގެ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ ގާސިމަށް "ތަރިކަ މުދާގަނޑެއް ގޮތަށް ލިޔުއްވައިފައި" އޮންނަ ތަނެއް ކަމަށެވެ. ކޮންމެ ސަރުކާރެއް ވެރިކަމަށް އަޔަސް، ގާސިމްގެ އެދިވަޑައިގަންނަވާތީ އެ ތަން ދެނީ ކަމަށް ޔާމީން ވިދާޅުވިއެވެ.