ފިލްމީ ދާއިރާގެ ލައިފް އެޗީވްމެންޓް އެވޯޑް ޝިރާނީއާއި ޖަންބު އަފީފަށް
ސަން
23 އޯގަސްޓު 2025 | ހޮނިހިރު | 12:41
ކުރީގެ މަޝްހޫރު ފިލްމީތަރި ޗިޅިޔާ މޫސާ މަނިކުގެ ހަދާނުގައި ދޭ ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑް، ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ޝިރާނީއަށާއި ޖަންބު ހަސަން އަފީފަށް މިރޭ ދީފިއެވެ.
މި އެވޯޑު ދިނީ ޣިޔާސުއްދީން ސުކޫލުގައި މިރޭ އޮތް މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ފިލްމު އެވޯޑްސް 2024ގެ އެވޯޑު ހަފްލާގެ ތެރެއިންނެވެ.
އެވޯޑު ލިބުމާއެކު ޝިރާނީ ބުނީ މި ހަފްލާއަށް އޭނާ ދިޔައީ މިފަދަ އެވޯޑެއް ލިބޭނެކަމުގެ އުންމީދުގައި ނޫން ކަމަށެވެ. އެހެންވެ "ވަރަށް ސްޕްރައިޒްވެއްޖެ ކަމަށާއި، ވަރަށް އުފާވެއްޖެ" ކަމަށް އޭނާ ބުންޏެވެ.