ބީއެމްއެލްގެ ފަންޑުގެ އެހީގައި ވޭމަންޑޫގައި ސެން ކްލާހެއް ހުޅުވައިފި
ސަން
23 އޯގަސްޓު 2025 | ހޮނިހިރު | 12:30
ގައުމީ ބޭންކު، ބީއެމްއެލްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކްލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
ބީއެމްއެލުން ބުނީ، މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫގެ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރި ކްލާސްރޫމް ތައްޔާރުކުރީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ގާބިލުކަން އިތުރުކޮށް، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް އިސްކަންދީގެން ކަމުގައި ބީއެމްއެލުން ބުނެފައިވެއެވެ.