އުތީމު ގަނޑުވަރު ބެެލެހެއްޓުމުގައި ކުރި މަސައްކަތަށް، ރަށުގެ ރައްޔިތުންނަށް ޚާއްސަ ޝަރަފެއް އަރުވަނީ

ސަން

23 އޯގަސްޓު 2025 | ހޮނިހިރު | 1:13

ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު، ހއ. އުތީމުގެ ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އުތީމުގެ ރައްޔިތުންނަށް އެ ޝަރަފު އަރުވަން ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އެ ރަށުގެ ރައްޔިތުން އަދާކުރި ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުން ކަމަށާއި، އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށެވެ.

މި ޝަރަފު އަރުވާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް