ގިނަ މީހުން އުޅެނީ ދަތީގައި، ޒަމާނާ ގުޅޭ ފަގީރުންގެ މަފުހޫމެއް ބޭނުންވޭ: ޝަހީމް

ސަން

23 އޯގަސްޓު 2025 | ހޮނިހިރު | 6:21

މިހާރު ގިނަ ރައްޔިތުން އުޅެނީ ދަތި ހާލުގައި ކަމަށާއި، އެހެންވެ މި ޒަމާނާ ގުޅޭ ފަގީރުންނާއި މިސްކީނުންގެ މަފްހޫމެއް ކަނޑައަޅަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދެވަނަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، 'އިންޒެކް 2025' ގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކި ދާއިރާތަކުން ދޭ އެހީތެރިކަން ފުޅާކުރަން މިއަދު އެބަޖެހޭ ކަމަށެވެ.

ސަބަބަކީ މިއަދު މުޅި ގައުމުގެ ރައްޔިތުން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށްވުމުން ކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި "ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް