ރާއްޖޭން ހުށަހެޅި ރިޕޯޓު ރިވިއުކުރަން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޓީން ބައްދަލުވުމެއް ބާއްވައިފި

ސަން

23 އޯގަސްޓު 2025 | ހޮނިހިރު | 8:27

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގެ ދަށުން، 2018 ވަނަ އަހަރު ރާއްޖޭން ހުށަހެޅި ރިޕޯޓު ރިވިއުކުރުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އދ. ގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ފަރާތުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގެ ދަށުން، 2018 ވަނަ އަހަރު ރާއްޖޭން ހުށަހެޅި ރިޕޯޓު ރިވިއުކުރުމަށް ޓަކައި، އދ ގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ، 2010ވަަނަ އަހަރުގެ އެޕްރީލް ފަސްވަަނަ ދުވަހު ރާއްޖޭން ބައިވެރިވި މި މުއާހަދާގެ ދަށުން ހުށަހެޅި އިބްތިދާއީ ރިޕޯޓުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ މުއާހަދާގެ ދަށުން ކަށަވަރުކޮށްދޭ ހައްގުތައް އެގޮތަށް ލިބިދިނުމަށް ޓަކައި 2010އިން 2018އަށް ރާއްޖޭން ކުރި މަސައްކަތްތައް ހިމަނައި، ކޮމިޓީން 2022ވަނަ އަހަރު ފޮނުވި ސުވާލުތަކަށް އޭޕްރިލް 2023ގައި ރާއްޖޭގެ ޖަވާބު ހުށަހަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް