އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި ރަށު ރައްޔިތުންގެ ދައުރު ފާހަގަކޮށް ޚާއްސަ ޝަރަފު އަރުވައިފި

ސަން

24 އޯގަސްޓު 2025 | އާދިއްތަ | 11:07

ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު، ހއ. އުތީމުގެ ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުއްވައިފިއެވެ.

އުތީމުގެ ރައްޔިތުންނަށް ރައީސް އެ ޝަރަފު އެރުއްވީ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައެވެ.

މި ޝަރަފު އުތީމުގެ ރައްޔިތުންނަށް އަރުވާފައިވަނީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި، އެ ރަށު ރައްޔިތުން އަދާކުރި ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނާއި، އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.

މައުޟޫޢުތަށް