ގައުމީ ދުވަހަކީ އުންމީދުގެ ދުވަހެއް، މާޔޫސްކަމާ ދުރަށް ދާންވީ ދުވަހެއް: މިނިސްޓަރު

ސަން

24 އޯގަސްޓު 2025 | އާދިއްތަ | 11:43

ގައުމީ ދުވަހަކީ އުންމީދުގެ ދުވަހެއް ކަމަށާއި މިއީ މާޔޫސްކަމާއި ހިތާމައާ ދުރަށް ދާންވީ ދުވަހެއް ކަމަށް ދިވެހިބަހުގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ހއ. އުތީމުގައި މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ، ޕޯޗުގީޒުންނާ ހަނގުރާމަކޮށް ގައުމު ދިފާއުކުރުމަށްޓަކައި ވަރަށް އާދައިގެ ގޮތެއްގައި އެތައް ދުވަހެއް ވަންދެއް ތައްޔާރުވެ، އެކަމުގައި ދަތި ދުވަސްތަކެއް ހޭދަވި ކަމަށާއި، އެކަމަކު އޭގެ ނަތީޖާއަކަށްވީ ރާއްޖެއަށް ނަސްރު ލިބުން ކަމަށެވެ.

އަދި، ގައުމީ ދުވަހަކީ އެއްބައިވަންތަކަމުގެ ވެސް ދުވަހެއްގެ ގޮތުގައި ސިފަކުރައްވައި މިނިސްޓަރު މިސާލު ނެންގެވީ މުޅި ރާއްޖެ، ޕޯޗުގީޒުންނާ ދެކޮޅަށް ކުރި ޖިހާދުގައި ބައިވެރިވުމާއި، އެ ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން އުތީމު މަހާރަދުންނަށް އެހީތެރިކަން ދިން ވާހަކައިންނެވެ.

މައުޟޫޢުތަށް