ފޭސްބުކް މާކެޓްޕްލޭސްގައި ސްކޭމް ހިންގައިގެން 16،000 ރުފިޔާ ހޯދި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ސަން

24 އޯގަސްޓު 2025 | އާދިއްތަ | 1:04

ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި, އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މައްސަލައިގައި އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ, ފުނޯސް، ޢަބްދުﷲ މިލްހާނު (33އ)އެވެ.

ފުލުހުން ބުނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ. ހައްޔަރުކުރިއިރު އޭނާ ހުރީ މީދޫގައެވެ.

މައުޟޫޢުތަށް