ޒަކާތަށް ދައުލަތުގެ މިލްކުވެރިކަމެއް ނެތް، ދައުލަތުން ބޭނުންވާހާ ކަމަކަށް ހޭދަނުކުރެވޭނެ: ފާއިޒް
ސަން
24 އޯގަސްޓު 2025 | އާދިއްތަ | 5:55
ދައުލަތުން ބޭނުންވާ ހުރިހާ ކަމަކަށް ޒަކާތް ހޭދަނުކުރެވޭނެ ކަމަށާއި، ޒަކާތުގެ މައްޗަށް ދައުލަތުގެ މިލްކުވެރިކަމެއް ނޯންނާނެ ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.
ފާއިޒް މިފަދައިން ވިދާޅުވެފައިވަނީ، މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އައިޝަތު މުނީޒާ, ރާއްޖޭގެ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް) ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައަކާ ގުޅުވައެވެ. އޭނާ ވަނީ، ރާއްޖޭން ޓެކުހާ ގުޅޭ ގާނޫނުތަކަށް އަމަލުކުރަމުން ދާއިރު ޒަކާތުގެ ގާނޫނެއް ހެދުމާ ގުޅޭ ގޮތުން ބައެއް މީހުން ސުވާލު އުފައްދާކަން ފާހަގަކުރައްވައި އެއީ ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ދެކެވޭ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
މުނީޒާ ވިދާޅުވީ، ޓެކުހާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ގާނޫނުތަކެއް ކަމަށާއި، ޒަކާތަކީ އިލާހީ ވާޖިބެއް ކަމަށެވެ. ޓެކުހުން ސަރުކާރުތައް ދެމެހެއްޓޭއިރު ޒަކާތުން މީހުން އުފުލައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.