ފިނޭގެ ރައްޔިތުން ބޭނުންވާ ގޮތަށް، ރަށު ސްކޫލް އެހެން ތަނަކަށް ބަދަލުކުރަނީ
ސަން
24 އޯގަސްޓު 2025 | އާދިއްތަ | 8:01
ހދ. ފިނޭގެ ރައްޔިތުން ބޭނުންވާ ގޮތަށް, އެ ރަށު ސުކޫލު މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ފިނޭއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ފިނޭގެ ރައްޔިތުން ބޭނުންވަނީ އެރަށު ސުކޫލު އެހެން ތަނަކަށް ބަދަލުކުރުމަށް ކަމަށެވެ.
ނަމަވެސް، އެކަމަކީ ސަރުކާރުން މިހާތަނަށް ކުރުމަށް ރާވައިފައި އޮތް ކަމެއް ނޫން ކަމަށާއި އެއީ ރާވަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.