ގުރޫމްކުރުމުގެ ތުހުމަތަމަށް ވަޒީފާއިން ވަކިކުރީ ރަނގަޅަށް، ކުދިންގެ އަތުން ބަރަހަނާ ފޮޓޯ ހޯދި: ޓްރައިބިއުނަލް
ސަން
24 އޯގަސްޓު 2025 | އާދިއްތަ | 11:17
ރާއްޖޭގެ އުތުރުގެ ރަށެއްގެ ސްކޫލުގައި ކިޔަވަމުންދިޔަ އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުދިންތަކަކަށް ބޭއަދަބީ ފޮޓޯއާއި ވީޑިއޯ ފޮނުވައި، އަދި އެ ކުދިން ގްރޫމް ކުރުމުގެ ތުހުމަތަށް ވަޒީފާއިން ވަކިކުރި ޓީޗަރު ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
ވަޒީފާގައި ގާތްގަނޑަކަށް 29 އަހަރު ވެފައިވާ، ދެކުނުގެ ރަށަކަށް ނިސްބަތްވާ ފިރިހެން، ދިވެހި ޓީޗަރު ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ. އޭނާ ވަޒީފާއިން ވަކިކުރުމުން އޭނާވަނީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ.
ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް އޭނާ ކުރި ދައުވާގައި ވަނީ، އަނބުރާ ވަޒީފާ ހޯދައި ދިނުމުގެ އިތުރަށް، ވަކީލު ފީގެ ގޮތުގައި 35،000 ރުފިޔާ ހޯދައި ދިނުމަށް އެދިފައެވެ.