ފޯޖުކުރި ސަނަދާއެކު މުހިންމު ދާއިރާތަކުގައި އުޅޭ، ވަޒީފާތަކުގައި ތިބި މީހުންގެ ސަނަދު ވެރިފައި ކުރާވަރު ވެއްޖެ: ފިޒާނާ
ސަން
24 އޯގަސްޓު 2025 | އާދިއްތަ | 9:46
ވަގު ސަނަދާއެކު މުހިންމު ދާއިރާތަކުގައި ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށާއި، ވަޒީފާތަކުގައި ތިބި މީހުންގެ ސަނަދު ވެރިފައި ކުރާވަރުވެއްޖެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމްކިއުއޭ)ގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ވަނީ، ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާން ހުށަހަޅާ މީހުންގެ ތެރެއިން ވަގު ތައުލީމީ ސެޓުފިކެޓުތައް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
މިއީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ޚިދުމަތްތަކުގެ ފެންވަރާއި އިލްމީ މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.