މަތިވެރީ ކައުންސިލް އޮޑިޓް: ރާއްޖޭގައި އާންމުކޮށް ބޭނުންނުކުރާ ޕިކަޕެއް 3 ލައްކައަށް ގަތް، 2 މަހުން ހަލާކުވި

ސަން

24 އޯގަސްޓު 2025 | އާދިއްތަ | 11:42

އއ. މަތިވެރި ކައުންސިލުން، ރާއްޖޭގައި އާންމުކޮށް ބޭނުންނުކުރާ ޕިކަޕެއް ތިން ލައްކަ ރުފިޔާއަށް ގަތް ކަމަށާއި ދެ މަސް ދުވަހުގެ ތެރޭގައި އެ ޕިކަޕު ހަލާކުވިކަމަށް އެ ކައުންސިލްގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، އޮކްޓޫބަރު، 2022ގައި މަތިވެރީ ކައުންސިލަށް އެ ޕިކަޕު ގަތީ ޖުމުލަ 371،000 ރުފިޔާ ޚަރަދުކޮށްގެނެވެ.

އެއީ، ރާއްޖޭގައި އާންމުކޮށް، ބޭނުންނުކުރާ 'ސޮޖެން' ބްރޭންޑުގެ ޕިކަޕެއް ކަމަށްވާއިރު، އެ ޕިކަޕު ބޭނުންކޮށްފައި ވަނީ، ކުނި މެނޭޖުކުރުމުގެ މަސައްކަތަށެވެ.

މައުޟޫޢުތަށް