މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި ވިއްކުން މަނާ، ވިއްކައިފިނަމަ އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް
ސަން
25 އޯގަސްޓު 2025 | ހޯމަ | 10:04
ކުޑަ ކުއްޖަކަށް ވަޅިއެއް ވިއްކައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭ, ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުނީ، ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުން މިއަދުން ފެށިގެން މަނާވާނެ ކަމަށެވެ.
މިއަދު އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން، ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފި މީހަކު 20،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.