ހިޔާގައި ބަލަހައްޓާތާ 10 އަހަރު ފަހުން ކުޑަކުއްޖަކު މަރުވެއްޖެ

ސަން

25 އޯގަސްޓު 2025 | ހޯމަ | 9:39

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަ ކުދިން ބަލަހައްޓާ, ހުޅުމާލެ، ފިޔަވަތީގައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސްވީ ކުއްޖަކު އިއްޔެ މަރުވެއްޖެއެވެ.

އިތުބާރުހުރި މަސްދަރުތަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި, އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ އެ ކުއްޖާއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިއިރު ވެސް އެނދުމަތިކޮށްގެން ފަރުވާ ދެމުން ދިޔަ ކުއްޖެކެވެ.

ނުކުޅެދުންތެރިކަން ހުންނަ އެ ކުއްޖާ އިއްޔެ ގުދުރަތީ މަރަކުން މަރުވިއިރު ޖަނާޒާ ބާއްވާފައި ވަނީ ރޭގައެވެ.

މައުޟޫޢުތަށް