ހދ. އަތޮޅުގައި ނުވެ އޮތް ކަމަކީ ޓޫރިޒަމް، އެ ލޭބަލް ކަނޑުވާލައި މި އަތޮޅުގައި ޓޫރިޒަމް ފައްކާކުރާނަން: ރައީސް
ސަން
25 އޯގަސްޓު 2025 | ހޯމަ | 12:47
މިހާތަނަށް ހދ. އަތޮޅުގައި ނުވެ އޮތް ކަމަކީ ފަތުރުވެރިކަން ކަމަށާއި، އެހެންކަމުން އެ އަތޮޅުގައި ފަތުރުވެރިކަން ނޯންނަ ލޭބަލް ކަނޑުވާލަދެއްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅަށް މިވަގުތު ކުރައްވާ ދަތުރުފުޅުގައި ހެނދުނު އެ އަތޮޅުގެ ނައިވާދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
"[އެކަމަކު] މިއީ މިހާތަނަށް މި އަތޮޅުގައި ނުވެފަ އޮތް ކަމެއް، އެއްވެސް ބަޔަކަށް ޓޫރިޒަމް މި ރަށުގައި ހިނގާނެ ގޮތެއް ނުހެދޭ،" ރައީސް ވިދާޅުވިއެވެ.