މިދިޔަ އަހަރު ބިދޭސީން ރާއްޖޭން 144 މިލިއަން ޑޮލަރު ބޭރުކުރި، ބަންގްލަދޭޝަށް 112 މިލިއަން

ސަން

25 އޯގަސްޓު 2025 | ހޯމަ | 1:44

މިދިޔަ އަހަރު، ރެމިޓެންސްގެ ގޮތުގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން 144 މިލިއަން ޑޮލަރު ބޭރުކޮށްފައިވާ ކަމަށާއި، މިއީ 2023 އަަަށްވުރެ 59 ޕަސެންޓުގެ އިތުރުވުމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ނެރުނު މިދިޔަ އަހަރުގެ ޕޭމަންޓު ބުލެޓިންގައިވާ ގޮތުން މިދިޔަ އަހަރު އައުޓްވާޑް ރެމިޓެންސްގެ ގޮތުގައި ޖުމްލަ 155.4 މިލިއަން ޑޮލަރު ބޭރަށް ފޮނުވައިފައިވެއެވެ. އައުޓްވާޑް ރެމިޓެންސަކީ އަމިއްލަ ގައުމުން، ބޭރުގައި ހުންނަ މީހަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ އެހެން ވެސް ބަޔަކަށް ފައިސާ ފޮނުވުމެވެ.

ރެމިޓެންސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއްގެ ފައިސާ ރާއްޖޭން ބޭރުކުރަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ. އެގޮތުން 92 ޕަސެންޓަކީ ބިދޭސީންނެވެ. އެގޮތުން މިދިޔަ އަހަރު ބިދޭސީ މަސައްކަތްތެރިން 143.5 މިލިއަން ޑޮލަރު ވަނީ ރާއްޖޭން ބޭރަށް ވަނީ ފޮނުވައިފައެވެ. މިއީ 2023 އަށްވުރެ 59 ޕަސެންޓު އިތުރު މިންވަރެކެވެ.

މައުޟޫޢުތަށް