އުތީމު ގަނޑުވަރާއި ތާރީޚުގެ ފިލާވަޅުން ސަފީރުންނަށް ފެނުނީ ރާއްޖޭގެ ނަސީބުގަދަކަން
ސަން
25 އޯގަސްޓު 2025 | ހޯމަ | 3:05
ޤައުމީ ދުވަސް ފާހަގަކުރުމަށްޓަކައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާއަށް ފަހު، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭރު ގައުމުތަކުގެ ސަފީރުންނަށް އުތީމު ގަނޑުވަރާއި ތާރީޚު ކިޔައިދެއްވުމުން ރާއްޖައަކީ ނަސީބު ގަދަ ގައުމެއް ކަމަށް ބުނެފިއެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތް އިންތިޒާމުކުރީ ސަފީރުންގެ އެދިވަޑައިގަތުމަކަށް ކަމަށާއި، މި ހަރަކާތާ މެދު ސަފީރުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، އިއްޔެ ބޭއްވި މި ހަރަކާތުގައި ޕާކިސްތާނާއި ޗައިނާއާއި ޖަޕާނާއި ބަންގްލަދޭޝާއި، އޮސްޓްރޭލިއާއާއި، އިންޑިއާއާއި، އެމެރިކާއާއި އިނގިރޭސިވިލާތުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެން ކަމަށެވެ.