މަހުން މަހަށް ކުޑަކުދިންނަށް ކުރާ އަނިޔާތައް އިތުރު، މިދިޔަ މަހު އެކަނި ވެސް 93 މައްސަލަ!
ސަން
25 އޯގަސްޓު 2025 | ހޯމަ | 4:49
ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅިގެން ރިޕޯޓުކުރާ މައްސަލަތައް މަހުން މަހަށް އިތުރުވަމުންދާއިރު، މިދިޔަ މަހު އެކަނި ވެސް 93 މައްސަލަ ރިޕޯޓުކޮށްފައިވާކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި 93 މައްސަލަ ރިޕޯޓުކުރިއިރު އެންމެ ގިނައިން މިނިސްޓްރީއަށް ހުށަހެޅީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެފަދަ 24 މައްސަލައެއް ހުށަހެޅިއިރު ދެން އެންމެ ގިނައިން ރިޕޯޓުކުރީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެފަދަ 21 މައްސަލައެއް ޖުލައި މަހު ރިޕޯޓުކުރިއެވެ. މީގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 17 މައްސަލައެއް ހުށަހެޅިއެވެ.
މިދިޔަ މަހު އެންމެ ގިނައިން ދެން ހުށަހެޅީ ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެފަދަ 57 މައްސަލަ ވަނީ ހުށަހަޅައިފައެވެ.