އުދައްޔު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ދެ މީހަކަށް ސާބިތުވެ، އެކަކު ސަލާމަތްވެއްޖެ
ސަން
25 އޯގަސްޓު 2025 | ހޯމަ | 5:38
މިގެ ހަތަރު އަހަރުކުރިން ގއ. މާމެންދޫގައި ހިންގި ގުރޫޕު މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް ސާބިތުވެ، އެކަކު އެ ދައުވާއިން މިއަދު ސަލާމަތްވެއްޖެއެވެ.
ފެބްރުއަރީ އަށެއް، 2021ގައި ހިނގި އެ މާރާމާރީގައި މަރުވި އުދައްޔުއަށް އޭރު 17 އަހަރެވެ. އޭނާގެ ބޭބެ، ފިރުޝާން ޒާހިރުގެ ބުރަކައްޓަށް ވެސް އެ ރޭ ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.
ފިރުޝާނަށް ގއ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނެވެ. އުދައްޔުއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީއެވެ.