ހދ.ގެ ފުރަތަމަ ރިސޯޓުގެ ގޮތުގައި، 19 އަހަރަށް ނުހެދި އޮތް ނާގޯށި އަންނަ އަހަރު ހުޅުވަނީ
ސަން
25 އޯގަސްޓު 2025 | ހޯމަ | 9:03
މީގެކުރިން ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
ރިސޯޓު ހެދުމަށް ނާގޯށި އެންމެ ފުރަތަމަ އެމްޓީޑީސީއާ ހަވާލުކުރީ 2006ގައެވެ. އެކަމަކު 19 އަހަރުވީއިރު ވެސް، އެ ރަށް ރިސޯޓެއް ގޮތުގައި ތަރައްގީ ކުރެވިފައިނުވެއެވެ.
ހދ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ނާގޯއްޓަށް ވަޑައިގެންފައެވެ. އެރަށް ތަރައްގީކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ، އެމްޓީޑީސީގެ ޗެއާމަން އަބްދުﷲ ފާއިޒާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި އެ ބެންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބްގެ އިތުރަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.