ގަބޫލުކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ ފަލްސަފާ، އެކަމުގައި އާބާދީ ބޮޑު ރަށްތަކަށް އިސްކަންދޭން ޖެހޭނެ: ރައީސް
ސަން
25 އޯގަސްޓު 2025 | ހޯމަ | 9:35
ގަބޫލުކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ ފަލްސަފާ ކަމަށާއި އެކަމުގައި އާބާދީ ބޮޑެތި ރަށްތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު، ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހަވީރު ނޮޅިވަރަމަށް ވަޑައިގެން ވިދާޅުވީ، މަސައްކަތް ކުރަނީ ރަށުގެ އާބާދީއަށް ބޭނުންވާ ހުރިހާ ކަމެއް ވީ އެންމެ އަވަހަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
ނޮޅަވަރަމަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށްވާއިރު، އާބާދީއާއި ބިމުގެ ގޮތުން ބޮޑެތި ރަށްތަކުގައި ދެމެހެއްޓެނިވި ތަރައްގީގައި އިސްކަންދޭ ކަންކަން ހުންނަ ކަމަށް ރައީސް ވިދާޅުވިއެވެ.