ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފި
ސަން
26 އޯގަސްޓު 2025 | އަންގާރަ | 10:58
ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ދިރާގުން، ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކެއާ ސޮސައިޓީން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް2025 އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިރާގުން ބުނި ގޮތުގައި، މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް މިނިވަންކަމާއެކު ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ވަރަށް މުހިންމު މަސައްކަތެކެވެ.
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްގެ ޕާޓްނާޝިޕް އައުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހެވެ.