ބީއެމްއެލުން ނޮޅިވަރަންފަރުގައި އާ ބްރާންޗެއް ހުޅުވައިފި
ސަން
26 އޯގަސްޓު 2025 | އަންގާރަ | 11:26
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ނޮޅިވަރަންފަރުގައި މިއަދު އައު ބްރާންޗެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، މި ބްރާންޗާއެކު އާންމުންނަށް 24 ގަޑިއިރު ޚިދުމަތްދޭ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
މި ބްރާންޗް ހުޅުވުމަށް މިއަދު ނޮޅިވަރަންފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބައެއް ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަސަން އަޙްމަދު ޢަލީ ޙަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.