އާރްޓީއެލް ލޯގޯއިން ރީނދޫ ކުލަ އުނިކުރަން ނިންމީ މިނިސްޓްރީން: އެމްޓީސީސީ

ސަން

26 އޯގަސްޓު 2025 | އަންގާރަ | 11:12

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ނަމުގައި މިދިޔަ ސަރުކާރުން ފެށި އާންމު ދަތުރުފަތުރުގެ ޚިދުމަތުގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރަން ނިންމީ ޓްރާންސްޕޯޓު މިނިސްޓްރީން ކަމަށް އެ ޚިދުމަތްދޭ ކުންފުނި، އެމްޓީސީސީން މިއަދު ބުނެފިއެވެ.

މިދިޔަ ސަރުކާރުގައި އާރްޓީއެލްގެ ޚިދުމަތް ފެށިއިރު ލޯގޯގައި ހުރީ ރީނދޫ ކުލައާއި ގަދަ އަދި މަޑު ނޫ ކުލައެވެ.

އެކަމަކު، އެ ލޯގޯއަށް މި ސަރުކާރު އައި ފަހުން ބަދަލު ގެނައިކަން މީހުންގެ ސަމާލުކަމަށް އައި ބ. އަތޮޅުގައި އެ ޚިދުމަތް ފެއްޓުމަށް ފަހު އާންމުކުރި ފޮޓޯތަކުންނެވެ. އެއަށް ފަހު ގިނަ ބަޔަކު ވަނީ ލޯގޯއިން ރީނދޫ ކުލަ އުނިކޮށް، އަޅިކުލަ ހިމެނުމުން ފާޑުކިޔައިފައެވެ.

މައުޟޫޢުތަށް