ވަޒީރު އެދިވަޑައިގަތުމުން ތިން ރަށެއްގައި 60 ރުއް އިންދައިފި: މިނިސްޓްރީ
ސަން
26 އޯގަސްޓު 2025 | އަންގާރަ | 1:55
ރާއްޖޭގެ ރަށްތަކުގައި ދިވެހި ރުއް ގިނައިން އިންދަން ދަނޑުވެރިކަމާ ބެހޭ ވަޒީރު, ޑރ. މަރިޔަމް މާރިޔާ އެދިވަޑައިގެންފައި ވަނިކޮށް, ތިން ރަށެއްގައި 60 ރުއް އިންދާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސާބާގައި ހުޅުމާލޭގައި 60 ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު މާރިޔާ ވިދާޅުވީ, ހުރިހާ ރަށެއްގައި ދިވެހި ރުއް އިންދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި, މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް މި އިލްތިމާސް ފޮނުއްވާފައެވެ.
މިނިސްޓަރު އެ ދުވަހު އެކަން އިލްތިމާސްކުރައްވާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަދުރު ރުއް އިންދައިގެން ފާޑުކިޔުން އޮތީ އަމާޒުވެފައެވެ.