އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސްކޫލު ބަދަލު ނުކުރެވޭ ގޮތް ހަދައިފި
ސަން
26 އޯގަސްޓު 2025 | އަންގާރަ | 3:29
އަހަރުގެ ކޮންމެ ހިސާބެއްގައި ސްކޫލު ބަދަލުނުކުރެވޭ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާ އުސޫލެއް އެކުލަވައިލައިފިއެވެ.
ކުރިން އޮންނަނީ އަހަރުގެ ކޮންމެ ހިސާބަކުން ވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވެވޭ ގޮތަށެވެ. އެހެން އޮތުމުން ބައެއް ދަރިވަރުން ވަރަށް ގިނައިން ސްކޫލު ބަދަލުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ، ކުރިން އޮތް ގޮތުން އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ވަރަށް ފަސޭހަކަމާ އެކު އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވެވޭ ކަމަށެވެ. އެހެންވެ، ބައެއް ދަރިވަރުން ވަރަށް ގިނައިން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ ކަމަށް އޭނާ ވިދާޅުވިއެވެ.